ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)482-SCM/1/2024/11
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:18
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫގައި އަމާންވެށި ޤާއިމްކުރުން

ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 88 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމުގެ ގޮތުން ކުއްޖާ ހުރި މާޙައުލުން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ވަގުތީގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް އޯލްޓަނޭޓިވް ކެއަރ ޚިދުމަތް ފޯރުކޮށްދިނުމަށް، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 95 ވަނަ މާއްދާގެ (ހ) ގެ ދަށުން ދ. ކުޑަހުވަދޫގައި "އަމާންވެށި" ވަނީ ޤާއިމްކުރެވިފައެވެ.

20 މޭ 2024