ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)427-OPR/1/2024/14
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 03 ޖޫން 2024 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ލީގަލް އެފެއާޒް

 ޑިރެކްޓަރ، ލީގަލް އެފެއާޒް

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)427-OPR/1/2024/14)

ތާރީޚް: 20 މޭ 2024

 


މަޤާމު

ޑިރެކްޓަރ، ލިގަލް އެފެއާޒް

 

ޢަދަދު

1

 

 

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: ޑިރެކްޓަރ ( ގްރޭޑް 1 )

 

ޑިޕާޓްމެންޓް

ލީގަލް އެފެއާޒް ޑިޕާޓްމެންޓް

 

އަސާސީ މުސާރަ:

-/11000 ރުފިޔާ

 

އެލަވަންސް:

-  ލިވިންގ އެލަވަންސް: -/3000 ރުފިޔާ

-  ނޮންޕްރެކްޓިސް އެލަވަންސް: -/2500 ރުފިޔާ

-  އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

-   މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

އަސާސީ ޝަރުޠު

  1. ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ހާސިލު ކޮށްފައިވުން،
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއި އެކު މުޢާމަލާތު ކުރަން އެގުން،
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން،
  4. ބާ ކައުންސިލްގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން،
  5. ދަށުކޯޓުތަކާއި ހައިކޯޓު ގައި ވަކާލާތު ކުރުމުގެ ހުއްދައޮތް ފަރާތެއް ކަމުގައިވުން.

 

 

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ލީގަލް އެފެއާޒް ޑިޕާޓްމަންޓް ގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން،
  2. ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކޮމިޝަނަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބުތައްޔާރު ކުރުމާއި ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢު ކުރުން،
  3. ކޮމިޝަންގެ ހުރިހާ ޑިޕާޓްމެންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން،
  4. ކޮމިޝަންގެ އެންމެހައި ސިޔާސަތުތަކާއި، ޤަވާޢިދުތަކާއި، އުސޫލުތައް އެކުލަވާލުމުގައި ޤާނޫނީ ލަފާ ދިނުމާއި މިފަދަމަސައްކަތްތައް ހިންގުން،
  5. ޤާނޫނުތައް ދިރާސާކޮށް ކޮމިޝަންގެ އިޙުތިޞާސްތަކާއި ފުށުއަރާ ދާއިރާތައް ފާހަގަކޮށް އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވާހިންގުން،
  6. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން،
  7. ކޮމިޝަންގެ ތަޞައްވަރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
  8. ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ކޮމިޝަން ތަމްސީލުކުރުން.
  9. ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން

 

ތަޢުލީމީ ރޮނގު

ޤާނޫނީ ދާއިރާއިން މާސްޓަރސް ޙާސިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ތަކެތި

 

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވި ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އެއް ( ދެފުއް ފެންނަ ގޮތަށް / މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރެންސް)

 

ސުންގަޑި

3 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-   މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334333/3334334

-   އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.

-   އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

-   ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

30%

މަސައްކަތުގެ ތަޖްރިބާ

20%

ޕްރެކްޓިކަލް ޓެސްޓް

15%

އިންޓަވިއު

35%

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-  ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން؛

-   އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން؛

-  ވަޒީފާ އާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން؛

-   ކުރިމަތިލި ވަޒީފާގެ މަސްއޫލިއްޔަތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ގޮތާއިބެހޭ ގޮތުން 10 މިނެޓަށްވުރެ ދިގުނޫން ހުށަހެޅުމެއް ހުށަހެޅުން ( ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރު ކޮށްފައިވާ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއް )

-  ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތެއްކަން އިންޓަރވިއު ޕެނަލަށް ސާބިތު ކޮށް ދިނުން.

-  މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން؛

-  މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-  ވަޒީފާއާއިބެހޭ ޤާނޫނާއި،މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޤާނޫނާއި ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި ކޮމިޝަނުން ޢާންމުކޮށްފައިވާ އުސޫލުތަކާއި އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން؛

-  އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

-  ސްޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

20 މޭ 2024