ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2024/42
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:48
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށް އުނދަގޫވާގޮތަށް ހުރި ރުއްގަސް ކޮށުމާއިގުޅޭ

މަގުމައްޗަށް އުނދަގޫވާގޮތަށް ހުރި ރުއްގަސް ކޮށުމާއިގުޅޭ

       މަގުތަކަށް ވާގޮތަށް ހުރި ބައެއް ރުއްގަހުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، ދުއްވާ އެއްޗެހި ދުއްވުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެގޮތުން މަގުމަތީގައި ޖަހާފައިވާ މަގުބައްތިތަކުގެ މައްޗަށް ފަނާއި ގަހުގެ ގޮފިތައް ލެބި އެކަށީގެންވާ ގޮތުގައި މަގުމައްޗަށް އަލި ލިބެމުން ނުދިއުމާއި، ބައެއް އެމަރޖަންސީ ހާލަތްތަކުގައި އެމްބިއުލަންސް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

       ވީމާ، މަގުތަކަށް ދަތިވާގޮތަށް ގޯތިތެރެއާއި މަގުމަތީގައި ހައްދާފައިވާ ރުއް، ގަސް 12 ފޫޓައްވުރެ ތިރިނުވާގޮތަށް ކޮށުމާއި އަދި މަގުބައްތި ކައިރީގައި ހެދިފައިވާ ގަސްރުއް މަގު ބައްތިން މަގަށް އަލިވާވަރު އުސްމިނެއްގައި ކޮށައި ބެލެހެއްޓުމަށް އަންގާ އިޢުލާން ކުރަމެވެ. އަދި މަގުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހި ދުއްވުމަށް އުނދަގޫވާ ގޮތަށް ގަސްރުއް ހައްދަމުންދާ ފަރާތްތަކާއި މަގު ބައްތި އަލި މަގައް ނުލިބޭގޮތަށް ގަސްރުއް ހައްދަމުންދާ ފަރާތްތަކާއިމެދު ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

20 މޭ 2024