މަސައްކަތް
ނަންބަރު: (IUL)94-Q/1/2015/18
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 10 މޭ 2015 10:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓުގެ ޚިދުމަތް، ISO 9001:2008 ސެޓްފިކޭޝަން ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ޑިޕާޓްމަންޓުން ދެމުންގެންދާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް، ISO 9001:2008 ސެޓްފިކޭޝަން ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)94-A/1/2015/10) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

14 ރަޖަބު 1436

03 މޭ 2015