ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2024/20
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 08 ޖޫން 2024 00:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށައެޅުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތް ހައުސް އިން އެކުލަވާލައި 08 މެއި 2024 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް މިތާރީޚްގެ ފަހުންވެސް ފޯމް ހުށަހެޅޭނެ އެވެ. އެގޮތުން މަތީގައި ބަޔާން ކުރެވިފައިވާ ތާރީޚާ ހަމައަށް އަލަށް ހުށަހެޅިފައިވާ ފޯމްތައް ބަލައި ދިވެހިރާއްޖޭގެ ޒަކާތް ހައުސް އިން ޝަރުތު ހަމަވެ ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ރުފިޔާ ޖަމާކުރެވެމުން ދާނެއެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު"  ކައުންސިލް އިދާރާއިން 19 މެއި 2024 ން ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 މޭ 2024