މަސައްކަތް
ނަންބަރު: D-12-C/2015/08
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:40
ސުންގަޑި: 18 މޭ 2015 11:15
ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ގޯތިތެރޭގައި ގައު އެތުރުމާއި، 2500 ލިޓަރުގެ ކަޅުހަމެއް ބަހައްޓައި ފެންވައިރު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 މޭ 2015 ދުވަހުގެ 11:15 އަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މޭ 2015 ދުވަހުގެ 11:15 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

29 ރަޖަބު 1436

07 މޭ 2015