ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-EDMS/303/2024/34:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:10
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަގޯއްޗާއި ގުޅޭ

 މާޅޮސްމޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

          އުނގޫފާރު / ދިވެހިރާއްޖެ                                          ނަމްބަރ:IUL-303-EMD-303-2024-34                                                                         

 

 

އިއުލާން

                  ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ނަމްބަރ: 2002/1 ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި އެގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ އެގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން އެގޯއްޗެއް ވަކިކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އެގޮތުން މިކައުންސިލުން މިއަހަރު ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު، ގޯތި ދޫކުރި ތާރީހުން ފެށިގެން 2 އަހަރުގެ ދުވަހުގެ ތެރޭގައި ރާނާ ނިންމާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ނަމްބަރ: 2002/1 ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރެއްވުމަށް ގޯތި ލިބުނު ފަރާތްތަކަށް އަންގަމެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން ދޫކުރި ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ނަމްބަރ: 2002/1 ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށްފައިނުވާ ފަރާތްތަކުންވެސް މިއަދުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ހަވާލާދީފައިވާ ޤާނޫނާ އެއްގޮތަށް އަމަލުކުރެއްވުމަށް އަންގަމެވެ. އަދި އެމުއްދަތުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށާނަމަ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަމެވެ. މީގެ އިތުރުން ގޯތި ހިމެނޭ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

19 މޭ 2024