ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)451-PU/01/2024/09
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 26 މޭ 2024 14:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

05 ކޮމްޕިއުޓަރ ސިސްޓަމް އަދި 04 ސީ.ޕީ.ޔޫ ހޯދުމަށް ބޭނުންވެއްޖެ:

  1. މި އިންސްޓިޓިއުޓަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ސީޕީ.ޔޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މެއި 20 ން 2024 މެއި 25 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/xr947Axsr2acV5YU7

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 26 ވަނަ ދުވަހުގެ 14:00ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މެއި 30 ވަނަ ދުވަހުގެ 10:00 ގައިނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން މ. ސްޓަރ ކުލައުޑުސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މ. ސްޓަރ ކުލައުޑްސް ބިލްޑިން، 07 ވަނަ ފަންގިފިލާ

މަޖީދީމަގު، މާލެ، ދިވެހިރާއްޖެ.                                                           

ފޯން: 3023516

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

 

12 ޛުލްޤައިދާ  1445

20 މެއި 2024 

20 މޭ 2024