ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-CASA/370/2024/14
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 08 ޖޫން 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވާލުން:

       
     
   
 

 

 

 

 

 

 

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވާލުން:

 

       ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މެއި 19 ވަނަ ދުވަހުން ފެށިގެންވަނީ އާންމުކޮށް ހުޅުވާލާފައެވެ.

       މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީއަހަރެއްގެ ޙައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 2024 ޖޫން 08 ވަނަ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

       ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 08:00 އިން 13:00 އަށް ކައުންސިލް އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި، ފޯމުގައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ހުށައެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި ފޯމު އާންމުކުރީމެވެ.

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށް ޢިއުލާން ކުރީމެވެ.

 12 ޛުލްޤަޢިދާ  1445

20  މެއި  2024

 

މޫސާ އަޙްމަދު

 

ފީއަލީ ކައުންސިލްގެ ރައީސް

 

20 މޭ 2024