މަސައްކަތް
ނަންބަރު: (IUL)332-ESD/332/2024/44
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި:
28 މޭ 2024 10:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ ފަރާތުން ކުރިއަށް އޮތް ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިއްފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2024" މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 12 މޭ 2024 ގައި ކުރެވުނު ނަންބަރު؛ (IUL)332-ESD/332/2024/40 އިޢުލާނަށް، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ އެއިޢުލާން ބާތިލްކޮށް ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މިމުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، އަދި މުބާރާތުގެ ހިންގާ ޤަވާއިދު މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2003/1) ގެ ދަށުން ދިއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބް ޖަމިއްޔާ ޖަމާޢަތްތަކަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 މޭ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- އަންދާސީ ހިސާބުގެ ވެލިޑިޓީ ޕީރިއަޑަކީ މަދުވެގެން 60 ދުވަސް ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 މޭ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
20 މޭ 2024