ދިވެހިރާއްޖެ
ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރާ ބިމުގައިހުރި ފެންތާނގީތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކޯޓުން ކުރި ނަންބަރު: D-12-C/2015/01 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 މޭ 2015 ދުވަހުގެ 11:30 އަށް ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މޭ 2015 ދުވަހުގެ 11:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
18 ރަޖަބު 1436