ވަޒީފާގެ ފުރުޞަތު
ނަންބަރު: GS07/IUL/2024/015
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 26 މޭ 2024 14:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

މަޤާމު:

މަޤާމުގެ ނަންބަރު:

ބޭނުންވާ އަދަދު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

      J-399502

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

ރޭންކު:

އެމް.އެސް 2

 

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. އަތޮޅު ތަޢުލީމީ މަރުކަޒު / ނ.ވެލިދޫ

 

މުސާރަ:

6,295.00 ރުފިޔާ (މަހަކު)

 

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ (މަހަކު)

 

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ (މަހަކު)

 

އިތުރު އިނާޔަތްތައް:

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެސް.އެމް.ޓީ މީޓިންގ ތަކާއި، ސްޓާފް މީޓިންގ ތަކާއި، ސެސަން މީޓިންގ ޤަވާޢިދުން ޙާޟިރުވެ، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ޤަވާޢިދުން ދުވަހުން ދުވަހަށްލިޔެ ބެލެހެއްޓުން.
  2. ބެލެނިވެރިންގެ ބައްދަލުވުން ތަކަށް ޤަވާޢިދުން ޙާޟިރުވެ، ޔައުމިއްޔާތައް ޤަވާއިދުން ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން.
  3. ދުވަހުން ދުވަހަށް ބަޖެޓާބެހޭ ތިރީގައި ބަޔާންކުރާ މަސައްކަތްކުރުން. ޕޭމަންޓް ވައުޗަރ ހެދުން، އެސެޓް ފޯމްތައް ހެދުން، ބިލްރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުން
  4. ފައިސާއާއިބެހޭ ގޮތުން ފުރިހަމަކުރަން ޙަވާލުކުރެވޭ ލިޔެކިޔުންތައް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ލިޔެ ބެލެހެއްޓުން.
  5. ބަޖެޓާގުޅޭ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކުރުން.
  6. ބަޖެޓްފިޔަވާ އެހެނިހެން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ވައުޗަރހެދުން (މާލިއްޔަތު ޤާވާޢިދާ އެއްގޮތަށް)
  7. މުސާރަ ޝީޓް، އިތުރުގަޑީގެ ރިޕޯޓް، ޕޭމަންޓް ޕެންޝަން ހެދުން.
  8. ބިޑްކޮމިޓީގެ ސެކެރެޓަރީގެ ހައިސިއްޔަތުން ބިޑްކޮމިޓީގެ ބައްދަލުވުންތަކަށް ދުރުވެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުއްވުން.
  9. ކޯޑިނޭޓިން އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން ޖީ.ސީ.އޯ ލެވެލްގެ އިމްތީޙާނާގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްކުރުން.
  10. އޯލެވެލް އިމްތިހާނުގެ ތަފާސްހިސާބު ބެލެހެއްޓުން.
  11. އެސް.އެސް.ސީ، ކޭމްބްރިޖް އޯލެވެލް، އެޗް.އެސް.ސީ އަދި އެޑެކްސެލް އޭ ލެވެލްގައި ކޮންމެ އަހަރަކު ބައިވެރިވާ ދަރިވަރުންގެ އެންމެހާ އިދާރީ ކަންތައްތައް އެއިމްތިޙާނެއްގެ ފޯކަލް ޕޮއިންޓަކަށް ކަނޑައަޅާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކުރުން.
  12. އެސް.އެސް.ސީ، ކޭމްބްރިޖް އޯލެވެލް، އެޗް.އެސް.ސީ ނަތީޖާތަކުގެ ތަފާސް ހިސާބު ބެލެހެއްޓުމާއި، ކޮންމެ އަހަރަކުވެސް ނަތީޖާ ލިބުމުން ޕްރިންސިޕަލް އަންގާ ގޮތެއްގެމަތިން ނަތީޖާ އެނަލިސިސް ތައްޔާރުކޮށް އެ ޢާއްމުކުރުން.
  13. މަދަރުސާގައި ކިޔެވުން އޮންނަ ދުވަސްދުވަހު ރޭގަނޑު ޙާއްސަކަމެއް ކުރިއަށް ނުދާނަމަ ހުރިހާ ޢިމާރާތެއް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ޗެކްކުރުމަށްފަހު 15:00ގައި އޮފީސް ތަޅުލުން. އަދި ތަޅުދަނޑި މަދަރުސާ ޙަވާލުވެހުންނެވި ވެރިޔަކާ ޙަވާލުކުރުން.
  14. ޑީ.ޕީ.އަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޤަވާޢިދުން ބަލަހައްޓާ ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން.
  15. ބަނޑޭރި ޕޭ ޕޯޓަލް އިން ކުރަންޖެހޭ ފައިސާގެ އެންމެހާ މުޢާމަލާތެއް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ކުރުން.
  16. ފައިނޭންސް އަދި ޕްރޮކިއުމެންޓާއި ގުޅުންހުރި އެންމެހާ ލިޔުންތައް (ސިޓީ، މެސެޖް، ނޯޓް) އިސްވެރިޔަކު އަންގާ ގޮތެއްގެމަތިން ލިޔެ މިނިސްޓްރީއަށް ފޮނުވުން.
  17. ފައިނޭންސް އަދި ޕްރޮކިއުމެންޓް ޔުނިޓުގެ މުވައްޒަފެއް ޗުއްޓީގައި ހުންނަވާ މުއްދަތުގައި އެ މުވައްޒަފުގެ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1-      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

-          އެކައުންޓިންގ 

-          އެޑްމިނިސްޓްރޭޝަން 

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން  

-          ބިޒްނަސް މެނޭޖްމަންޓް  

-          ފައިނޭންސް 

-          މެނޭޖްމަންޓް 

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން 

 

މަޤާމަށް ކޯ ޑިސިޕްލިން:

ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މޭ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ނ. އަތޮޅު ތަޢުލީމީ މަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނީ، 30 މޭ 2024 އާއި 03 ޖޫން 2024 އާ ދެމެދު، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560019 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

             

 

 

12 ޛުލްޤަޢިދާ 1445

20 މޭ 2024

20 މޭ 2024