ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2024/20
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 19 ނޮވެންބަރު 2024 23:58
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ކަންމުޑި އެޅުމަށް 6 މަސް އިތުރުކޮށްދިނުމަށް

            މިއިދާރާއިން ކުރެވުނު ނަންބަރު: 44/(IUL)335-AS/335/202 އިޢުލާނާއި ގުޅިގެން ގޯތި ލިބިފައިވާ ފަރާތް އުޞޫލުގެ 13 ވަނަ މާއްދާގެ (ފ) ގައިވާ ގޮތުގެމަތީން އިޤުރާރުވެފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލުމަށް މިއަދުން ފެށިގެން އިތުރު 6 މަސްދުވަހަށް މުއްދަތު އިތުރުކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.

            އަދި ދަންނަވަމެވެ. ގުރުއަތުން ލިބިފައިވާ ގޯތި އަނެއް ގޯއްޗާއި ބަދަލުކުރަން ބޭނުންވާނަމަ ބަދަލުކުރަން ބޭނުންވާ ފަރާތް ގޯތި ރަޖިސްޓްރީ ކުރުމުގެ ކުރިން ބަދަލުކުރަން ބޭނުންވާ ދެފަރާތުގެ ލިއުމާއިއެކު މިއިދާރާއަށް ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2024