ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369-PS/369/2024/17
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 08 ޖޫން 2024 13:30
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާ 08 މެއި 2024 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިޔަދުންފެށިގެން ހުޅުވާލަމެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މިޔަދުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:30 އަށެވެ.

މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ ހައްޖު މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީވެ، މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަންބަރ 496-B2/CIR/2024/1003 (16 މެއި 2024) ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ. 1445 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލުގެ 11 ވަނަ މާއްދާ "ދަފްތަރަށް އުނިއިތުރު ގެނައުން" ބަޔާންކުރެވިފައިވާ ހާލަތެއް މެދުވެރި ނުވާ ފަރާތްތަކަކީ ދަފްތަރުގައި މިވަގުތު ހިމެނިފައިވާ ފަރާތްތައް ކަމުގައި ވާތީ، އެފަރާތްތަކުން އަލަށް ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވާ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

20 މޭ 2024