ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/46
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 07 ޖޫން 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުޞަތު 20 މޭ 2024 އިން 07 ޖޫން 2024  ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން، ފޯމުގައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހަމަކޮށް، ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޯމް ހުށަހެޅުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. 20 މޭ 2024 ވާ ހޯމަ ދުވަހުން ފެށިގެން މިކަމަށް އެދޭ ފޯމް މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލާނީ ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިންނެވެ. ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2024