ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)NSA-VAM/NSA-VAM/2024/30
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 28 މޭ 2024 00:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ދިނުން

އިޢުލާން

 

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ދިނުން

 

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ފާއިތުވީ ދުވަސްތަކުގައި، އެކިއެކި ފަރާތްތަކުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުލިބޭކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މި އެސޯސިއޭޝަނުގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ލިބިފައިނުވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ލިއުންތައް، 2024 މެއި 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅުއްވާ ލިއުންތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަދި  އީ-މެއިލްގެ ޒަރީއާއިން ފޮނުއްވާ ލިއުންތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

1-     ޚިދުމަތް ހޯދުމަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވާފައިވާ ރިކްއެސްޓްގެ ކޮޕީއެއް

2-     ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯދި ޚިދުމަތަށް ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލްގެ ކޮޕީއެއް

3-     ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯދި ޚިދުމަތަށް ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލް އެސޯސިއޭޝަނަށް ބަލައިގަތް ލިޔުމުގެ ކޮޕީ ނުވަތަ ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލް އެސޯސިއޭޝަނަށް ފޮނުވި އީ-މެއިލްގެ ކޮޕީ

 

މި އިޢުލާނާ ގުޅިގެން މި އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ފޮނުއްވާ ލިއުންތަކުގެ ސައްޙަކަން މި އެސޯސިއޭޝަނުން ކަށަވަރު ކުރަންޖެހޭތީ،  މަތީގައި ދެންނެވިފައިވާ ލިއުންތަކުގެ ތެރެއިން ނަމްބަރު 2 އަދި  ނަމްބަރު 3 ގައި ބަޔާންކޮށްފައިވާ ލިއުންތައް ފޮނުއްވާއިރު، އެ ލިއުންތަކުގެ ކޮޕީގައި، އެ ލިއުމަކީ އަސްލާ އެއްގޮތް ކޮޕީއެއްކަން ބަޔާންކޮށް، ޤާނޫނީ ވަކީލެއްގެ ނަމާއި ސޮއި އަދި ތާރީޚް ލިޔެފައި އޮންނަންވާނެއެވެ. މިނޫން ގޮތަކަށް ހުންނަ ލިއުންތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަދި އެ ޚިދުމަތެއް ހޯދުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވާފައިވާ ރިކްއެސްޓްގެ ކޮޕީނެތި ހުށަހަޅުއްވާ ލިއުންތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

20 މޭ 2024