ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2024/00166
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 23 ޖޫން 2024 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ބުކް ކްލޯޒް ކުރާ ތާރީޚް

މިކުންފުނިން 26 މާރިޗު 2024 ގައި ކޮށްފައިވާ ނަންބަރު: MTCC-CSD/IU/2024/0014 އިޢުލާނުގެ މުއްދަތު 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

 

އެގޮތުން، 2023  ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނީ، އަދި 2023 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ކަނޑައެޅުމަށް ގޮތެއް ނިންމުމުން، 2023 ވަަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިލައްވާނީ، 23  ޖޫން 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމުގައި ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި އިޢުލާންކުރަމެވެ.

20 މޭ 2024