ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CB305/305/2024/49
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 04 ޖޫން 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށްއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލައިފައިވާ އުސޫލާއި އެއްގޮތަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 އިން 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލެވެ. މި ތާރީޚުގެ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                      11 ޛުލްޤަޢިދާ 1445

19 މޭ 2024