ކުއްޔަށް ދިނުން
ނަންބަރު: 420/2015/21
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި: 31 މޭ 2015 14:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން

ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން

ރަތަފަންދޫ ޞިނާޢީ ސަރަހައްދުގެ 4 ނަންބަރު ބިން މިހާރު އެ ބިމުގައި ހުރި ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.  

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަހައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތް ތަކާއެކު  

4000 އަކަފޫޓް

800.00  ރުފިޔާ

ބިމުގައި މިހާރު ހުރި އިމާރާތްތަކުގެ ތަފުސީލު

  • 1 އިމާރާތް 25x 26 ފޫޓުގެ (އިމާރާތުގެ އެތެރޭގައި 3 ކޮޓަރި އާއި 9×25 ފޫޓުގެ ފެންޑާއަކާ އެކު) ރުއްވަކަރުން މަތިވަޑާން އަރުވައި ލައިޝާރޓް ޓިނުން ހިޔާކޮށްފައި
  • 1 ކޮޓަރި 9x 16 ފޫޓްގެ އެތެރޭގައި ސިމެންތިޖަހައި ތަޅުމުގައި މުށިޖަހާފައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި. ( ކޮޓަރީގެ ތެރޭގައި ½ 4 × ½ 5 ފޫޓުގެ ފާޚާނާއަކާ އެކު )
  • 2 ކޮޓަރި 9x 16 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއްހަރުކޮށްފައި.
  • 3 ކޮޓަރި 8 16x ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯދޮރުފަތެއް ހަރިކޮށްފައި.
  • 2 ޓޭންކް 4 5x ފޫޓުގެ އެތެރޭގައި މުށިޖަހާފައި ފަޅައިގެންގޮސް ހަލާކުވެފައި.
  • 1 ޓޭންކް 4x 4 ފޫޓުގެ މަސްދޮންނަން ބޭނުންކުރި އެތެރޭގައި މުށިޖަހާފައި.
  • 1 ދުމަށި މަސްހިއްކަންބޭނުންކުރި 20x 4 ފޫޓުގެ ދަގަޑުނެތް.
  • 1 ފެންވަޅު 3.5 ފޫޓް ޑައިމީޓަރުގެ.

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތް، ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަން ވާނެއެވެ.

އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭ ނެކަންތައްތައް: ލުއި ކާނާގެ ބާވަތް ތަކުގެ ކާބޯ ތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް

އިޖުތިމާއީގޮތުން ވެދެވޭޢިނާޔަތް: މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު 1500.00 ރުފިޔާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ. 

ބިން ތަރައްޤީކުރުން: ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.

ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން: ބިން ކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިން ދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާ ފައިސާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިންކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސް ދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެ އެވެ. 

ޕްރޮޕޯސަލާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  • ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ
  • ކޮމްޕެނީ ޕްރޮފައިލް

މި އިދާރާއިން  ބަލާނެ ކަންތައްތައް: ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާރކްސް ދެވޭނެ ކްރައިޓީރިއާ

މާރކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅަ މަހުކުއްޔަށް

50%

ހުށަހަޅާ މަހުކުއްޔަށް ދެވޭ މާރކްސް  

  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހު ކުއްޔަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް މަގުމަތީ އިންފާރު ރޭނުން    

10%

ބިމުގެ ވަށާ އިންފާރު 2 ފޫޓު އުސްމިނަށް ރޭނުން    

  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ފުރިހަމަ އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް

40%

އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު    

  • މި މާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗް މާރކު ކަމަށްބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

15 ރަޖަބު 1436

04 މޭ 2015