ބީލަން
ނަންބަރު: (IUL)284-PR/284/2024/32
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 23 މޭ 2024 12:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކުނިކޮށި އިމާރާތްކުރުމުގެ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. ށ. މިލަންދޫ ކުނިކޮށި އިމާރާތްކުރުމުގެ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް  ހޯދަން ކުރެވުނު ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)284-PR/284/2024/23 އިޢުލާނާއި ގުޅިގެން ހުށައެޅުއްވި އަގުތައް ކައުންސިލުން މިޕްރޮޖެކްޓަށް އަންދާސާ ކޮށްފައިވާ އަގަށްވުރެ  ބޮޑުވުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، ކުނިކޮށީގެ މަސައްކަތު ކަރުދާސް އަދި ކުރެހުން ބަދަލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ވީމާ، މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ، ޖަމްޢިއްޔާ  ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2024 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
  4. މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގއެއް ނޯންނާނެއެވެ. ބިޑަށް ރަޖިސްޓްރީވެލެއްވުމުން މަޢުލޫމާތު ކަރުދާސް މެއިލްކޮށްދެވޭނެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 މެއި 29 ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:30 ގައެވެ.

20 މޭ 2024