ދިވެހިރާއްޖެ
| 
 އިޢުލާން  | 
 ނަންބަރ:  | 
 (IUL)421/ESMSED/421/2024/25  | 
| 
 ތާރީޚް  | 
  12 ޛުލްޤައިދާްްް 1445  | 
|
| 
 20 މެއި 2024  | 
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމަށް ފުރުސަތު ހުޅުވާލުން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ހުށަހެޅުމުގެ ފުރުސަތު 2024 މެއި 19 އިން 2024 ޖޫން 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މެއި 19 އިން 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ވަގުތުތަކުގައި މިއިދާރާއިންނެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް