ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/60
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:58
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓްކުރުމާބެހޭ

އިޢުލާން

 

މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އުދުއްސާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެކުރިން މި ވުޒާރާއިން ހުއްދަ ހޯދުމަށް މީގެކުރިންވެސް ވާނީ އާންމުކޮށް އެންގިފައެވެ.

ވީމާ، ދަންނަވަމެވެ. ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް މި މިނިސްޓްރީގެ ހުއްދަ ހޯއްދަވައިގެން އެކަންކުރެއްވުމަށް ދަންނަވަމެވެ. ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅުއްވާއިރު، ރަސްމީ ބަންދުނޫން 3 ދުވަސްކުރިން ހުށަހެޅުއްވުމަށާއި، ހުއްދަ ނުހޯދާ މިކަންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަމުގައިވެސް ދަންނަވަމެވެ. އަދި ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު މި ވުޒާރާއިން އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ މި ވުޒާރާއިން ނުނަގާނެ ކަމުގައިވެސް ދެންނެވީމެވެ. 

 

20 މޭ 2024