ދެންނެވުން
ނަންބަރު: (IUL)407-MS407/407/2024/26
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 04 ޖުލައި 2024 12:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އިންފާރު ރޭނުމާއި ސާފުކުރުމާއި ގުޅޭ

ޤާނޫން ނަންބަރ 2002/1 (23.05.2002) ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި މިއަދާހަމަ އަށް 5 އަހަރުވީ އިރުވެސް  އިންފާރު ރާނާފައި އަދި ދިރިއުޅެންވެސް ފަށާފައި ނުވުމާއި، ގޯތީގެ މަގުފަޅިއާއި، ގޯތިތެރެ ސާފުކޮށްފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. މިކަމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް އުދަނގޫވާތީ ގިނަބައެއްގެ ފަރާތުން ޝަކުވާތަށް މިއިދާރާއަށް ލިބެމުންދެއެވެ.

ވީމާ، 05 މެއި 2024 އިން 2 މަސްދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ނުރާނާ ހުރިގޯތިތަކުގެ އިންފާރު އުސްމިން 3 ފޫޓަށްވުރެ ތިރި ނުވާގޮތަށް ރާނައި، އަދި 15 ދުވަހުގެ ތެރޭ ގޯތި ތެރެއާއި، ގޯތި ހިމެނޭ މަގުފަޅި ސާފުކުރުމަށް އަންގާ އިޢުލާން ކުރަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިގޮތަށް އަމަލު ނުކުރާފަރަތްތަކާއި، މެދު މިޤާނޫނުގެ 14 ވަނަ މާއްދާގެ "ހ"ށ" ގައިވާ ގޮތުގެމަތިން ގޯތި ވަކިކުރުމުގެ މަރުޙާލާތަށް ކުރިއަށްދާނެ ވާހަކަވެސް އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

05 މޭ 2024