ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)N4-HC/2024/01
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:56
ސުންގަޑި: 26 މޭ 2024 14:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓާރޑް ނާރސް/ ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒު

`

ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒު

ތ.ދިޔަމިގިލި 

                ނަންބަރު: (IUL)N4-HC/2024/01

އިޢުލާނު

 

މަޤާމު:

ރެޖިސްޓާރޑް ނާރސް

މަޤާމުގެ ނަންބަރު:

J-383455

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސާރވިސް ރޭންކު:

PSR5 Step1 or PSR7 Step1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒު، ތ.ދިޔަމިގިލި

މަޤާމުގެ އަސާސީ މުސާރަ:

PSR5 Step1 -/11428ރ

PSR7 Step1 -/13057ރ

މަޤާމުގެ އެލަވަންސް:

PSR5 Step1 -/5333ރ

PSR7 Step1 -/6094ރ

ހާޒިރީއިނާޔަތް:

PSR5 Step1 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/144ރ

PSR7 Step1 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/165ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑޮކްޓަރުންގެ އޯޑަރަށް ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން.
  2. އޯޕީޑީއަށް އަންނަ ބަލިމީހުންނާއި އެޑްމިޓް ކުރެވޭ ބަލިމީހުންނާއި،ޑިސްޗާރޖު ކުރެވޭ ބަލިމީހުންގެ ކަންތައްތައް ބެލެހެއްޓުމާއި،ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.
  3. ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި ބޭނުންވާ ތަކެތި ޕްރޮކިއުމަންޓާއި ގުޅިގެން ހަމަކުރުން.
  4. ނާރސިން ސްޓޭޝަނުގައި ބޭނުންކުރާ ފޮތްތައް ޤަވާޢިދުން އަޕްޑޭޓްކުރެވޭތޯބައި އެކަންކުރުން.
  5. މަރުކަޒުން ރެފަރ ކުރާބަލިމީހުންނާއި އެކު ދާންޖެހޭ ދަތުރުތަކުގައި ބައިވެރިވެ ދަތުރުމަތީގައި ދޭންޖެހޭ ފަރުވާ ފުރިހަމައަށް ދިނުން.
  6. ޚިދުމަތް ދެމުންދާއިރު ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހައްލުނުކުރެވޭ ކަންކަން ކަމާއި ބެހޭ ފަރާތްތަކަށް އަންގައި ޚިދުމަތްމެދުކެނޑިގެން ނުދާނެ ފަދަ ގޮތަށް އެކަންކަން އިންތިޒާމްކުރުން.
  7. އެމަރޖެންސީގައި ދޫކުރެވޭ ބޭސްތަކާއި އިންޖެކްޝަންތައް ރިޕްލޭސްކޮށް ތަކެތި ހަމަކުރުން.
  8. ކޮންމެ ޑިއުޓީއެއް ފެށޭއިރު އިންވެންޓްރީ ނަގަންޖެހޭތަކެތީގެ އިންވެންޓްރީނަގައި މަދުވާތަކެތި އިންވެންޓްރީއަށް ހަމަކުރުން.
  9. މަރުކަޒުގައި ބޭނުންކުރެވޭ އެމަޖެންސީ އިންޖެކްޝަނާއި،މެޑިކަލް ކޮންސިއުމަބަލްސް ފަދަތަކެތި ހުސްވުމުގެ ކުރިން އެތަކެތި ގެނައުމަށް މަސައްކަތް ކުރުން.
  10. ބަލިމީހުންނާއި ގުޅޭ ލިޔެކިޔުންތައް ފައިލްކޮށްބެލެހެއްޓުމާއި އަދި ޑިއުޓީރޯސްޓަރ ތައްޔާރުކުރުމުގައި ނާރސިން އިންޗާރޖަށް އެހީތރިވެދިނުން.
  11. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނާރސިންކެއަރ ރާވާ ޚިދުމަތްދީ އެވަލުއޭޓްކުރުން
  12. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާޢި އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިން ކެއަރ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާއި އެޕްލޭނާއި އެއްގޮތަށް ފަރުވާދިނުން.
  13. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިން ކެއަރ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ދެވޭނޭގޮތް އިންތިޒާމްކޮށް، ރައްކައުތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އިވެލުއޭޓްކުރުން.
  14. ފަރުވާދޭ މާހައުލުގައި އަދި މުޖުތަމަޢުގައި ހިންގާ ނަރުހުންނަށް އުނގަންނައިދިނުމުގެ ހަރަކާތްތަކާއި ސިއްހީ ހޭލުންތެރިކަމާއި ސިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ހިންގުމުގައި ބައިވެރިވުން.
  15. ބަލިމީހާގެ ސިއްހީ މަޢުލޫމާތާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުން.
  16. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީބޭހާއި އެއްގޮތަށް ފަރުވާދީ، އެފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިޔުމާއި އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ސިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
  17. ބަލިމީހާއާއި ބަލިމީހާގެ ޢާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާއި ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައިދިނުން.
  18. މަރުކަޒުގެ ވޯޑްގެ ކަންތައްތައް މެއިންޓެއިން ކުރުމާއި ސާފުކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ގޮތް ބެލެހެއްޓުން. އަދި ބެޑްޝީޓް ބާލީސް އުރަފަދަ ތަކެތި ދޮވެ އިސްތިރިކުރާގޮތް ބަލާ އެތަކެތި ހަމަކުރުން.
  19. މުވައްޒަފުގެ މަޤާމާއި އެއްވަރުގެމައްސޫލިއްޔަތުގެ ތެރެއިން ސްޕަވައިޒަރ ހަވާލުކުރާ ކަންކަން ފަރުވާތެރިކަމާއިއެކު ކުރަމުން ގެންދިއުން.
  20. ޞިއްޙީ  އެމަރޖެންސީ ތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

  • PSR5 Step1ގެ ޝަރުތު

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލު ކުރާ ނާރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް، ހާސިލްކޮށްފައިވުން.

  • PSR7 Step1ގެ ޝަރުތު

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލު ކުރާ ނާރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް، ހާސިލްކޮށްފައިވުން.

މަޤާމްގެ މަސައްކަތާއިގުޅޭ ތައުލީމީ ދާއިރާތައް

  • އެނެސްތެޓިކް ކެއަރ
  • ކްރިޓިކަލް ކެއަރ
  • ނާރސިންގ
  • ނާރސިންގ އެންޑް މިޑްވައިފަރީ
  • ޕީޑިއަޓްރިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލްގެ އޮފީސް ބައިގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސް ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލުތައް 2023 (އިސްލާހް1) ގައި ބަޔާންކޮށްފައި ވާނެއެވެ.

 

މަޤާމް

ރޭންކް

މާކްސް

މިނިމަމް ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަ ވުމަށް

ރެޖިސްޓާޑް ނާރސް

PSR5 Step1

30

55

އަސާސީ ޝަރުތު ހަމަ ވުމަށް

ރެޖިސްޓާޑް ނާރސް

PSR7 Step1

35

55

ތަޖުރިބާ

15

 

އިންޓަރވިއު

 

50

 

               

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން، ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމްބަލައި ގަތުން ކުރިއަށްދާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން މެންދުރު 14:00އަށް ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒުގެ އޮފީސްބައިންނެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 04 ޖޫން 2024 އާއި 13 ޖޫން  2024އާ ދެމެދު، މި މަރުކަޒުން ކަނޑައަޅާ ތާރީޚެއްގައި، ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780621 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 ޛުލްގައިދާ 1445ހ

20 މެއި 2024މ

 

 

 

 

19 މޭ 2024