މަސައްކަތް
ނަންބަރު: GS191/IUL/2024/09
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:32
ސުންގަޑި: 26 މޭ 2024 12:00
މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަމިއްލަ ތަކެތީގައި މި ސްކޫލްގެ ހޯލް އިމާރާތުގެ ދިޔަދޮވި އަދި ކުކުޅުވަހި ކޮޅުގެ ނަލަފިލާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

1.    މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް 20 މެއި 2024 އިން 26 މެއި 2024 އަށް ރަސްމީ ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނެއެވެ.

2.    ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތަކާއި ބެހޭ މަޢުލޫމާތު މި ޢިއުލާނާއި އެއްކަރުދާސްކުރެވިފައިވާ ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކުރެވިފައި ވާނެއެވެ.

3.    މިކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މެއި 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

4.    މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 މެއި 2024 ވަނަ ދުވަހުގެ 14:00 ގައި މި ސްކޫލުގެ އޮފީހުގައެވެ.

5.    ބިޑް ހުޅުވުން އޮންނާނީ 30 މެއި 2024 ވަނަ ދުވަހުގެ 14:00 ގައި މި ސްކޫލްގެ އޮފީހުގައެވެ.

6.    މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7.    ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 

މުކުރިމަގު ސްކޫލް

ސޯސަން މަގު، ލ.ގަން، ދިވެހިރާއްޖެ

ފޯން: 7970739

މެއިލް އެޑްރެސް: [email protected]

19 މޭ 2024