ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/78
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 23 މޭ 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
The World in Serbia" Project Scholarship 2023/2024"

The World in Serbia" Project Scholarship 2023/2024"

ޤައުމު: ސާރބިއާ

1 ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ ލިސްޓްގައިވާ ޔުނިވަރސިޓީތަކުން އޮފަރ ކުރާ ކޯސްތައް

ކޯހުގެ ދާއިރާ:

1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ TOEFL 550 އިން ފެށިގެން މަތި.

ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

3. 1 ޖޫން 2024 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން.

4. އެދޭ ކޯހާއި ގުޅޭގޮތުން ކޯހުގެ އިންފޮމޭޝަން ޝީޓުގައާއި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ

5. މޯޓިވޭޝަން ލެޓަރ (އިނގިރޭސި ބަހުން) (ނޮމިނޭޓް ވުމުން ހުށަހެޅުމަށް)

6. ވަނަވަރު (އިނގިރޭސި ބަހުން) (ނޮމިނޭޓް ވުމުން ހުށަހެޅުމަށް)

7. މެޑިކަލް ރިޕޯޓް (ނޮމިނޭޓް ވުމުން ހުށަހެޅުމަށް).

8. ސަރބިއާ އެޕްލިކޭޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ނޮމިނޭޓް ވުމުން ހުށަހެޅުމަށް).)

9. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

10. މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

11. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

12. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

 

- މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ޝީޓާއި، ޔުނިވަރސިޓީތަކުގެ އިންފޮމޭޝަން ޝީޓު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ހިނގާނެ ޚަރަދުތަކުގެ ތަފްސީލް މިއިޢުލާނާއެކު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ އިންފޮމޭޝަން ޝީޓް އިން ލިބެން ހުންނާނެއެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ ފަރާތުންނެވެ. ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ކަނޑައަޅާފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް (ރިޓާން އެއަރ ޓިކެޓް ފިޔަވައި) ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށެވެ.

- މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމިނިސްޓްރީއިން ނޮމިނޭޓުކުރެވޭ ކެންޑިޑޭޓް، މި މިނިސްޓްރީން އެންގުމުން،https://bit.ly/World_in_Serbia  ލިންކް މެދުވެރިކޮށް ސާރބިއާ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމް ފުރިހަމަކުރަންވާނެއެވެ. އަދި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަން ފޯމާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އޮރިޖިނަލްގެ ސްކޭންކޮށްފައިވާ ކޮޕީތައް[email protected]  އީ.މެއިލް އެޑްރެސް އަށް ފޮނުވަންވާނެއެވެ. އެއާއިއެކު، ކެންޑިޑޭޓުގެ ހުށަހަޅާފައިވާ ޑޮކިއުމެންޓްތައް 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. ވީމާ، އެޕްލިކޭޝަންއާއި ކޯހުގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް ހަމަކޮށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތް ކަމަށް އެޓެސްޓެޑް ކޮށްފައިވާ ލިޔުންތަކަށްވާން ޖެހޭނެއެވެ.     

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 23 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން. 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026950 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

19 މޭ 2024