ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-C/395/2024/52
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 30 މޭ 2024 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ކުނިކަހާ ސާފުކުރުމާއި، މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމާއިގުޅޭ

މިހާރަކަށް އައިސް ރަށުގެ މީހުންދިރިއުޅޭ ސަރަޙައްދުގެ ގެތަކާއި، ގޯތިތަކުން މަގުމަތި ސާފު ނުކުރުމާއި، މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނާއި، އިންޖީނުލީ އުޅަނދު ދުއްވާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ދަތިވާގޮތަށް، މަގުމަތީގައި ތަކެތި ބަހައްޓަމުންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެންމުންނެވެ. މިކަމަކީ، މަގުމަތި ބޭނުންކުރަމުންދާ އެންމެހައި ފަރާތްތަކަށް އެކަމުގެ އުނދަގޫ އިންތިހާއަށް ފޯރަމުންދާކަމަކަށް ވާތީ، ދަންނަވަމެވެ.

       މަގުމަތި ސާފުނުކޮށްހުރި ގޯތިތަކާއި، މަގުމަތީގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން، 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މަގުމަތި ކުނިކަހާ ސާފުކުރުމަށާއި، މަގުމަތީގައި ބަހައްޓާފައިހުރި ހުރިހާތަކެތި ނެންގެވުމަށް ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 މޭ 2024