ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-C/395/2024/51
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:30
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޮނޑުދޮށްތަކުން ދޮންވެލި އަދި އަކިރިނެގުން މަނާކުރުމާއި ގުޅޭ

ރަށުގެ ގޮނޑުދޮށްތަކުން ދޮންވެލި އަދި އަކިރި ނެގުމަކީ މަނާކަމެއްކަމުގައި، އެކި ފަހަރު މަތިން ރައްޔިތުންނަށް އާންމުކޮށް އަންގާ އިޢުލާނުކުރި ނަމަވެސް، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ގޮނޑުދޮށުން ދޮންވެލި އަދި އަކިރި ނަގަމުންދާކަމުގެ ޝަކުވާ މަދުން ނަމަވެސް މިކައުންސިލަށް ދަނީ ލިބެމުންނެވެ.

      މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު 2012/R-9 ( ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކުށެއްކަމުގައި ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަމެވެ.

      އަދި ދަންނަވަމެވެ، ރަށުގެ ގޮނޑުދޮށުން ދޮންވެލި އަދި އަކިރި ނަގަމުންދާ ފަރާތްތަކާމެދު، ކަމާގުޅޭ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުންދާނެކަމުގައި  ދެންނެވީމެވެ.

 

       ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 މޭ 2024