ދިވެހިރާއްޖެ
މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓުރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ވަކީލެއްގެ ޚިދުމަތް 6 މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2024 މެއި 26 ވަނަ ދުވަހުގެ 10:00 ގެ ކުރިން ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ވެލެއްވުމަށް ތިރީގައިވާ ލިންކު ނުވަތަ ކިއުއާރު ކޯޑު ބޭނުންކުރައްވާ:
https://forms.office.com/r/8UgnDrQvEf
މި ކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ކައުންސިލްގެ ނަމްބަރު 6780034 ފޯނަށް ގުޅައިގެން ، ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 8.30 ން 13.30 އާއި ދެމެދު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ