ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2024/99
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 30 މޭ 2024 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއި ގުޅޭ

          ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު 19 މެއި 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

          މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތަށް ރަޖިސްޓްރީވުމަށް ފޯމް ބަލައިގަނެވޭ އެންމެ ފަހު ތާރީޙްއަކީ 30 މެއި 2024 ކަމަށް ދަންނަވަމެވެ.

 

ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން (މުދަލު ޒަކާތަށް ރަޖިސްޓްރީވުމަށް):

  • ފޯމް ދޫކުރުން: 19 މެއި 2024 ން 28 މެއި 2024 08:30 ން 13:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން.
  • ފޯމް ބަލައިގަތުން: 19 މެއި 2024 ން 30 މެއި 2024، 13:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން.

 

          މުދަލު ޒަކާތަށް ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުންވެސް އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 13:00 އާއި ހަމައަށް ކައުންޓަރުން ކުރިއަށް ދާނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 މޭ 2024