ބީލަން
ނަންބަރު: (IUL)269/269/2024/45
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 27 މޭ 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

 

މިރަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 107 ގޯތީގެ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހާއި 2012 ވަނަ އަހަރު ދޫކޮށްފައިވާ ގޯތިތަކުގެ ސަރަހައްދުގެ މަގުތަކާއި ގޯތިތަކަށް އަރާ ރުއްތައްނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު މި އިދާރާގެ ނަންބަރު 269/269/2024/39(IUL) 12 މެއި 2024 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަކަކީ އެކަށީގެންވާވަރަށްވުރެ ކުޑަ އަގެއްކަމަށްވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް އަލުން އެ މަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ. 

            ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަން ފޯމް ފުރިހަމަކުރައްވާ 27 މެއި 2024 ވާ ހޯމަދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ބީލަން ހުށަހެޅުން އެދެމެވެ.

            މި މަސައްކަތްކުރާއިރު ކަނޑަންޖެހޭ ރުއް ކެނޑުމުގެ ބަދަލުގައި އެހެން ރަށެއް ފެހިކުރުމަށް ރަށުންބޭރަށް ގެންދާނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ. މިކަމުގައި ވައިކަރަދޫ ކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ދަންނަވަމެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

            އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީދުވަސްތަކުގެ ހެނދުނު 8:00އާއި މެންދުފަހު 2:00އާއި ދެމެދު މި އިދާރާގެ ނަންބަރު 6520046 އަށް ނުވަތަ މަތީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ މިއިދާރާއަށް ގުޅުއްވާ މެއިލް ލިބުނުކަށް ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

19 މޭ 2024