މަސައްކަތް
ނަންބަރު: (IUL)22-TF/1/2015/143
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 12 މޭ 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

އެދުރުހިޔާ، ވ.އެދުރުވެހި، ފިލާބިލްޑިންގ 1 އަދި ފިލާބިލްޑިންގގެ 2 ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މޭ 2015 ވާ އަންގާރަދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ރަޖަބު 1436     

05 މޭ 2015