ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/51
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:57
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އިންނަމާދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ހުޅުވާލުން

ކައުންސިލުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އިންނަމާދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ހުޅުވާލުން

މިފެށޭ ދިރާސީ އައު އަހަރު ކައުންސިލުގެ ފަރާތުން މިރަށުގެ ނާސަރީ އަދި ބޭބީ ނާސަރީ ދަރިވަރުންނަށް އަމާޒު ކުރެވިގެން "އިންނަމާދޫ ޕްރީ ސްކޫލް" ގެ ނަމުގައި ޕްރީ ސްކޫލެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރީ ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އިޔާރު ޖަމުއިއްޔާ" ގެ ފަރާތުން މިރަށުގައި ޕްރީސުކޫލުގެ ހިދުމަތް ދެމުން ގެންގޮސްފައިވާ އިމާރާތުގައެވެ. ޕްރީ ސުކޫލުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 2 ވާ އާދިއްތަ ދުވަހުއެވެ.

ވީމާ، މި ޕްރީ ސުކޫލުގައި ދަރިވަރުން ބައިވެރިކުރުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި އިޢުލާނާއެކު "އިންނަމާދޫ ޕްރީ ސުކޫލް" ގެ އަސާސީ ޤަވާއިދު އަދި ދަރިވަރުން ވެއްދުމަށް އެފޭ ފޯމު ހިމެނިފައިވާނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ތިރީގައިމިވާ ފަރާތްތަކާއި ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • އާމިނަތު ސަމާހާ (ކައުންސިލް މެންބަރ) – ފޯން: 7585958
  • އާމިނަތު ނުހާ (އެސޯސިއޭޓް ކައުންސިލް އޮފިސަރ) – ފޯން: 7749709

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2024