ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2024/69
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި:
26 މޭ 2024 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެލްތް އެންޑް ސޭފްޓީ ކަންކަން ފުރިހަމަކުރުމާއި ގުޅޭ
ކުރިޔަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވެފައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
އަދި، މިވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓްތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއްގައި ހުރި ނަމަ، އެ ތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ދަންނަވަމެވެ.
19 މޭ 2024