މަސައްކަތް
ނަންބަރު: (IUL)419-ESMSPL/419/2024/42
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 26 މޭ 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ ބަނދަރަށް ފެނާއި ކަރަންޓް ގުޅައިދިނުމާއި ބެހޭ

މިކައުންސިލުންދޭ މާއުލޫމާތާއި އެއްގޮތަށް، ގދ.ގައްދޫ ބަނދަރަށް ފެނާއި ކަރަންޓުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރ: (IUL)419-ESMSPL/419/2024/36 (05 މެއި 2024) އިޢުލާނަށް ޝައުޤުވެރިވެ އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ މިމަސައްކަތް ކުރުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

             ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

19 މޭ 2024