މަސައްކަތް
ނަންބަރު: GS-65-A/2015/08
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 13 މޭ 2015 10:30
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމާގުޅޭ

މި ސްކޫލުގެ ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމާގުޅޭ   

މި ސްކޫލުގެ ނަންބަރު GS-65-A/2015/06ފ(15 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. މި ސްކޫލުން ތަކެތި ދިނުމުން މަރާމާތުކުރަންޖެހޭ ބައެއް ތަކެތި (ހަލާކުވެފައިވާ ކުޑަދޮރުގެ ތަންޑު އަދި ހުޅު ހަރުކުރުމާއި، ހަލާކުވެފައިވާ ފަންކާ ބަދަލުކުރުން ފަދަ ކަންތައްތައް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. 

16 ރަޖަބު 1436

05 މޭ 2015