ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް
ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު 2024/G-14 ގެ ދަށުން ރިވިއުކުރުމަށްފަހު ފާސްކުރުމަށް އެދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅާ ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ރިވިއުކުރާނެ ފަރާތްތައް ހޯދުން
ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ) ޤާނޫނު ގެ 33 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު 2024/G-14(ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮތޯރިޓީއިން ދޫކުރާ ކަރަންޓު މަސައްކަތްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ޑިޒައިން ކޮށްފައިވާ ކުރެހުންތައް ރިވިއުކުރުމަށް ފަހު، ފާސްކުރުމަށް އޮތޯރިޓީއަށް ހުށަހެޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ޑިޒައިންތައް ފާސްކުރުމަށް ހުށަހަޅާއިރު އެ ޑިޒައިންތައް ރިވިއުކުރާނެ މުސްތަގިއްލު ރިވިއުކުރާ ފާރާތްތަކެއް އައްޔަނުކުރަންޖެހެއެވެ. މި ގޮތުން، ޑިޒައިންތައް ރިވިއުކުރާނެ ފަރާތްތަކެއް އައްޔަނުކުރުމަށް، އުސޫލު ނަންބަރު 2024/G-14 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލުމަށް މި އޮތޯރިޓީއިން ގަސްދުކުރަމެވެ. އެހެންކަމުން، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
ޝަރުތު:
- ޑިޒައިން ރިވިއުކުރާ ފަރާތަކީ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވާ ފަރާތަކަށްވުން، އަދި
- އޮތޯރިޓީން ދޫކުރާ ކަރަންޓުގެ މަސައްކަތް ކުރުމުގެ ލައިސަންސްގެ ކެޓަގަރީތަކުގެ ތެރެއިން، މުއްދަތު ހަމަނުވާ "އީ" ކެޓަގަރީގެ ނުވަތަ "އެފް" ކެޓަގަރީގެ، ލައިސަންސެއް ހާސިލުކޮށްފައިވާ ފަރާތަކަށްވުން، އަދި
- ކަރަންޓުގެ ނިޒާމުގެ ޑިޒައިންކުރުމުގެ ނުވަތަ ޑިޒައިން ރިވިއުކުރުމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (5 އަހަރު ގުނަން ފަށާނީ މި އޮތޯރިޓީއިން ދޫކުރާ ކަރަންޓުގެ މަސައްކަތް ކުރުމުގެ ލައިސަންސް ލިބޭ ދުވަހުން ފެށިގެން)، އަދި
- ސިޔާސީ މަގާމެއް ފުރުއްވަމުންދާ ފަރާތެއްކަމުގައި ނުވުން
އެކްސްޕްރެޝަން އޮފް އިންޓްރެސްޓާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ
- އައި.ޑީ. ކާޑުގެ ކޮޕީ
- އޮތޯރިޓީއިން ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ވަނަވަރު (ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ އެންޕްލޯއިމަންޓް ހިސްޓްރީ އަދި ތަމްރީނާއި ތަޖުރިބާ އެނގޭނެހެން)
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ސުން ގަޑިއަކީ: 27 ޖޫން 2024 ވަނަ ދުވަހުގެ މެންދުރު 12:00
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާނީ އެންމެހައި ލިޔެކިޔުންތަކާއި އެކު އީމެއިލްގެ ޒަރިއްޔާއިން މި އޮތޯރިޓީގެ އީމެއިލް [email protected] އަށް.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3332488 އަށް ގުޅުއްވުން އެދެމެވެ.
08 ޛުލްޤައިދާ 1445