ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2024/98
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:16
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސުން ގޯސްވުމާއި ގުޅިގެން ނެރެވޭ އިލްތިމާސް

 މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފިފަދަ ތަކެތި ވެއްޓެމުންދެއެވެ. އެހެންކަމުން އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރެސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފާހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިއްގަނޑު ފަދަ ތަންތަނުގައި ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށް ދަންނަވަމެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާކުރާ ދުވަސްވަރު މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މަދިރިފަނި އާލާވާނޭގޮތަށް، ފެންހަރުލާގޮތަށް ގޭތެރޭގައި ތަންތަނާއި ތަކެތި ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ.

19 މޭ 2024