ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2024/107
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:01
ސުންގަޑި: 22 މޭ 2024 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން.

   އިރުފުހޭ ގޯތީގެ ހުޅަގުން، ލައިޓް މަގާއި އިންވެގެންއޮތް ހުސްބުގައި 01 ން 25 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

   ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2024 މޭ 22 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްތަކެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

16 މޭ 2024