ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (ސޯޝަލް މިޑިއާ މެނޭޖަރ / ކްރިއޭޓިވް ކޮންޓެންޓް ޑެވެލޮޕަރ) | |
---|---|
ބޭނުންވާ އަދަދު :2 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ އެޑްމިން ސަޕޯރޓް އޮފިސަރ މުސާރަ: - އަސާސީ މުސާރަ: -/5,610 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/1,963.50 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/3,366 ރުފިޔާ (އަސާސީ މުސާރައިގެ 60 އިންސައްތަ) - ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ - ބޭސްފަރުވާކުރުން މަޤާމުގެ ޝަރުތު: - ކޮމިއުނިކޭޝަން، ޑިޖިޓަލް މީޑިއާ، ގްރެފިކްސް ޑިޒައިންގ، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް، ނުވަތަ މި ދާއިރާތަކާއި ގުޅުންހުރި ދާިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލުކޮށްފައިވުން، އަދި މަސައްކަތު ގެ ދާއިރާގައި 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. - ނުވަތަ ކޮންޓެންޓް އުފެއްދުމާއި، ސޯޝަލް މީޑިއާ މާކެޓިންގ، ނުވަތަ ޑިޖިޓަލް މީޑިއާ ޕްރޮޑަކްޝަންގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފާވުން. - ނުވަތަ އޯގަނައިޒޭޝަންތަކަށް ސޯޝަލް މީޑިއާ އެކައުންޓްތައް މެނޭޖްކުރުމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާލިބިފައިވުން. - ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލްކަން އިންޓަވިއުގައި ނުވަތަ ދެވޭ ޓެސްޓްއަކުން ސާބިތުކޮށްދިނުން، - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ޢާންމުން ހޭލުންތެރިކުރުމަށް ދެވޭ އިރުޝާދުތަކާއި، ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއި މުއައްސަސާގެ މަސައްކަތްތައް ހިއްސާކުރުމަށް ވިޝުއަލް ކޮންޓެންޓްއާއި ލިޔުންތަށް ހިމެނޭ ގޮތަށް ޝައުގުވެރި ކޮންޓެންޓް ތައްޔާރުކުރުން. - ޓްވިޓަރ، ފޭސްބުކް، އިންސްޓަގްރާމް އަދި އެެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މޯލްޑީވްސް ޕޮލިސް ސަރވިސްގެ ރަސްމީ ޕްރޮފައިލްތަށް މެނޭޖްކޮށް ބެލެހެއްޓުން. އަދި ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމްއެއްގެ ފީޗާސްތަކާއި، އެލްގޮރިދަމްތަކާއި، ބެސްޓް ޕްރެކްޓިސެސް ރަނގަޅަށް ދަސްކޮށް، އެންގޭޖްމެންޓްއާއި ރީޗް އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތްތައް އިންތިޒާމްކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތަކަށް ނުވުން. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ޓްރެންޑްތަކާއި، ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - އެޑޯބީކ ކްރިއޭޓިވް ސުއިޓް ފަދަ ގްރެފިކް ޑިޒައިން ސޮފްޓްވެއަރ ފަރިތަ ކަމާއިއެކު ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ. އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ޖޫން 02 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 08 ޛުލްޤަޢިދާ 1445 |