މުބާރާތް
ނަންބަރު: (IUL)328-ED/328/2024/53
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 18:00
ސުންގަޑި:
25 މޭ 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުރެންދޫ ކަޕް - ފުޓްސަލް މުބާރާތް 2024
އިޢުލާން
ކުރެންދޫ ކަޕް – ފުޓްސަލް މުބާރާތް 2024
ޅ.ކުރެންދޫ ކައުންސިލްގެ ފަރާތުން ޖޫން މަހުގެ 14 އިން 20 ގެ ނިޔަލަށް "ކުރެންދޫ ކަޕް- ފުޓްސަލް މުބާރާތް 2024" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރުއްވުމަށްފަހު މޭ މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ޓީމް ލިސްޓް ޖޫން 5 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީކުރަން އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅައި ފޯމާއި މުބާރާތުގެ ޤަވާއިދު ގެޒެޓްގައި އެއްކަރުދާސްކުރެވިފައިވާ އަދި ކުރެންދޫ ކައުންސިލްގެ އިދާރާއިން ވެސް ލިބިލައްވާނެވެ.
16 މޭ 2024