މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/110
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 14 މޭ 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސިސްޓަމް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތުގެ ބައެއް ފްލޯރތަކުގައި ހުރި އެއަރކޮންޑިޝަން ސިސްޓަމްތައް ނައްޓައި, ވީ.އާރު.ވީ އެއަރ ކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/92)ފ(23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތުގެ ބައެއް ފްލޯރތަކުގައި ހުރި އެއަރކޮންޑިޝަން ސިސްޓަމްތައް ނައްޓައި، ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމަށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1436       

05 މޭ 2015