ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2024/380
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:25
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް

 

(IUL)38-AC/38/2024/380 :ނަންބަރު

އިޢުލާން

މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު: 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.

ލޯގޯ

މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

 

މިޒްނާ ތައުފީޤު، ސެވެންސްޓާރ / މ. މުލައް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މ. ސީޓްރެކްސް ބިލްޑިންގ / މާލެ

ކެންޑިޑޭޓު ނަންބަރު 1

 

ރީމާ ޙުސައިން (ރީމް)، ފެހިއަލި / މ. މުލައް، އަމިއްލަގޮތުން

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މ. ކަޅި / މާލެ

ކެންޑިޑޭޓު ނަންބަރު 2

16 މޭ 2024