ދިވެހިރާއްޖެ
އިޢުލާން |
އުލްޙުޔާ ކަތިލުމަށް 5 ބަކަރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.
އަމިއްލަ ޚަރަދުގައި އުލްޙުޔާ ކަތިލުމަށް 5 ބަކަރި ގެނެސްދޭނެ ފަރާތެއް ހޯއްދުމަށް ކުރެވުނު ނަންބަރު 28/2024/300/(IUL)300-EC ( 06 މެއި 2024 )ގެ އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތައް، އެކަށީގެންވާ އަގުތަކަކަށް ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 23 މެއި 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ހޮޓްލައިން ނަންބަރު 9777183 އަށް ގުޅުއްވައިގެން ރަޖިސްޓްރީވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
23 މެއި 2024 (ބުރާސްފަތި) |
10:00 |
މައުލޫމާތު ދިނުން |
23 މެއި 2024 (ބުރާސްފަތި) |
13:30 |
އަންދާސީ ހިސާބު ހުށަހެޅުން |
28 މެއި 2024 (އަންގާރަ) |
13:30 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރަސްގެތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
16 މެއި 2024