މަސައްކަތް
ނަންބަރު: (IUL)286-MP/286/2024/17
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 06 ޖޫން 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ދިމާފަޅުގައި ހުރި އީކޯ ޕާކްތައް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމާއި ބެހޭ

ނ. ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ކެނދިކުޅުދޫގައި ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީ ޤާއިމްކުރުމަށް، މިހާރު ކެނދިކޮޅު ދިމާފަޅުގައި ހުރި އީކޯޕާކްތައް މަރާމާތުކޮށްދޭ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ކެނދިކުޅުދޫ ކުޅިތަކުގައި މިހާރު ހެދިފައިވާ އީކޯޕާކްތައް މަރާމާތު ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހު މި ކައުންސިލްގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) އަށް ވަޑައިގަންނަވާ ބީލަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ލާޒިމު ކަމެކެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޗެވެ.

ރަޖިސްޓްރޭޝަން ލިންކް:  https://forms.office.com/r/3Ck4zAasAv

ރަޖިސްޓްރޭޝަން މުއްދަތު: 16 މެއި 2024، 14:00 އިން 21 މެއި 2024، 11:00)

މަޢުލޫމާތު ސެޝަން: (21 މެއި 2024، 13:00)

ބީލަން ހުޅުވުން: (6 ޖޫން 2024، 13:00)

މި އިޢުލާނާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ހުށަހަޅަންޖެހޭ އެންމެހާ ފޯމްތަކާއި ލިޔެކިޔުންތަކުގެ މަޢުލޫމާތު 21 މެއި 2024 ވާ އަންގާރަ ދުވަހެ ބޭއްވޭ މަޢުލޫމާތު ސެޝަންގައި ޙިއްސާ ކުރެވިގެންދާނެއެވެ.

ވީމާ، މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 21 މެއި 2024 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08   ޛުލްޤަޢިދާ      1445

16    މެއި        2024  

16 މޭ 2024