މަސައްކަތް
ނަންބަރު: (IUL)286-MP/286/2024/58
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 27 މޭ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ސްޓޭޖްގައި ނުނިމި ހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ކެނދިކުޅުދޫ / ކުޅުދޫ އަވަށު ، ސްޓޭޖްގައި ، ނުނިމި ހުރި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

1-      ސްޓޭޖްގެ ހުނޅު ފަރާތު ފާރުގައި ސިމެންތި ޖެހުން.

2-      ސްޓޭޖްގެ ތަޅުމުގައި ދޮޅު އިންޗި ބޯމިނުގެ ސިމެންތި ތަޅުމެއް އަޅާ އޮމާންކޮށް އެއްވަރު ކުރުން.

3-      ސްޓޭޖްގައި މިހާރު ނުނިމި ހުރި ކޮޓަރި ތަކުން، ދެކުނު ކޮޅު ކޮޓަރި އާއި ފާޚާނާ ހަދާ ނިންމުން.

 ( ސިމެންތިޖެހުން ، ސީލިންގ ކުރުން ، ދޮރާއި ދޮރުފަތް ހަރުކުރުން ތަޅުން އެޅުމާއި ތަށިމުށިޖެހުން  އަދި ފާޚާނާ ކޮމްޕްލީ ކުރުން )  .

 

ވީމާ ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮންދެވޭނެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްޓާކައި 20 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގަތުމަށް ދެންނެވީމެވެ. އަދި މަސައްކަތްތައް ކޮށްދެވޭނެ ފަރާތްތަކުން 27 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 އަގު ބަޔާންކޮށް ހުށަހަޅުއްވާ ބިޑާއި އެކު މިކައުންސިލަށް ވަޑައިގަތުމަށް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

8    ޛުލްޤައިދާ  1445

16    މެއި   2024  

16 މޭ 2024