ޢާންމު މަޢުލޫމާތު
ނަންބަރު: FC/IDHAAREE-SOP-02
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:42
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާ ހުޅުވާ ލެއްޕުމުގެ އުޞޫލު

ތަޢާރަފް

ދިވެހި ސިވިލްސާވިސް ޤަވާޢިދު 2014ގެ ޗެޕްޓަރ (1)ގެ 13ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކޮންމެ އިދާރާއެއްވެސް ހުޅުވާ ލައްޕަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުންނެވެ. ނުވަތަ އެ އިދާރާއަކުން އެކަމަށް ކަނޑައަޅާފައިވާ އުޞޫލެއްގެ ދަށުންނެވެ. އެހެންކަމުން މިއުޞޫލަކީ ދިވެހި ސިވިލް ސާވިސް ޤަވާޢިދު 2014ގެ އިސްވެ ދެންނެވުނު މާއްދާއަށް ރިޢާޔަތްކޮށް ފުނަދޫ ކައުންސިލު އިދާރާ ހުޅުވާ ލެއްޕުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލެވެ.

 

1.1    ސަރުކާރުގެ ރަސްމީ މަސައްކަތް ހިނގާ ކޮންމެ ދުވަހަކު 7:50 ވުމުގެކުރިން އިދާރާ ހުޅުވަން ވާނެއެވެ. އަދި ރަސްމީ މަސައްކަތް 14:00 ގައި ނިމުމާއެކު ލަސްނުކޮށް އިދާރާ ބަންދު ކުރަންވާނެއެވެ. މިގޮތުން އިދާރާ ހުޅުވައި ބަންދުކުރަންވާނީ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ. (ރަމަޟާން މަހު 8:50 ވުމުގެ ކުރިން އޮފީސް ހުޅުވަންވާނެއެވެ. އަދި 1:30ގައި އޮފީސް ބަންދުކުރަންވާނެއެވެ.)

1.2    އިދާރާ ހުޅުވައި ބަންދުކުރުމަށް އިސްވެ ހުންނަވާ މުވައްޒަފުންގެ ތާވަލެއް ތައްޔާރުކޮށް ޒިންމާދާރު ވެރިޔާގެ އެޕްރޫވަލް ހޯދައި، ކަމާބެހޭ މުވައްޒަފުންނަށް އެކަން އަންގަންވާނެއެވެ. މިކަންކުރާނީ އެޗް އާރު ޔުނިޓްނެވެ.

1.3    އިދާރާހުޅުވައި ބަންދުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްޒަފަކަށް އެކަން ނުކުރެވޭފަދަ ޙާލަތެއް ދިމާވެއްޖެނަމަ ގަޑިޖެހުމުގެ 1 ގަޑިއިރު ކުރިން ޒިންމާދާރު ވެރިޔާއަށް ނުވަތަ އެޗް އާރު ޔުނިޓަށް އަންގަން ވާނެއެވެ.

1.4    ރަސްމީގަޑިތައް ފިޔަވައި އެނޫން ވަގުތެއްގައި އިދާރާ ހުޅުވަންޖެހިއްޖެ ނަމަ އެކަންކުރެވޭނީ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

1.5    އިދާރާގެ ތަޅުދަނޑި ބަލަހައްޓާނީ އިދާރާ ހިންގެވުމާ އެވަގުތަކު ހަވާލުވެ ހުންނެވި ވެރިއެއްގެ ބެލުމުގެ ދަށުންނެވެ.

1.6    ރައްކާތެރިކަމާއެކު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އެންމެހާ ކަންކަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމްކޮށް ބަލަހައްޓަންވާނެއެވެ.

1.7    ކައުންސިލް އިދާރާ ހުޅުވުމުގެ ޒިންމާ ޙަވާލުކޮށްފައިވާ މުވައްޒަފު ފިޔަވައި އެހެން އިތުރު އެއްވެސް ފަރާތަކަށް އިދާރާގެ ތަޅުދަނޑިއެއް ޙަވާލުކޮށްގެން ނުވާނެއެވެ. 

1.8    ރަސްމީއަދި ނުރަސްމީ ގަޑިތަކުގައިވެސް އިދާރާ ހުޅުވައި ބަންދުކުރާ ރިކޯރޑް ބަލަހައްޓަން ޖެހޭނެއެވެ.

1.9    އިދާރާ ބަންދު ކުރާއިރު ކޮންމެހެން ދިއްލާފައި ބަހައްޓަން ނުޖެހޭ ލައިޓްތައް ނިއްވާލުމާއި، ފަންކާތަކާއި އޭސިތައް ނިންވާލުމަކީ އިދާރާ ބަންދުކުރާ މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ހުރިހާ ދޮރުފަތްތަކެއް ހުރީ ތަންޑުއެޅުވިފަތޯ ޗެކުކުރަންވާނެއެވެ.

1.10   ރަސްމީ ގަޑިތައްފިޔަވާ އެނޫން ވަގުތެއްގައި އިދާރާ ހުޅުވަން ބޭނުންވާނަމަ ރަސްމީ މަސައްކަތުގެ ވަގުތުގައި އިދާރާ ހުޅުވުމުގެ ހުއްދަ ހޯދަންވާނެއެވެ. މިކަންކުރާނީ މަސައްކަތު ނިކުންނަ ޔުނިޓަކުންނެވެ.

16 މޭ 2024