ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ފޯރުކޮށްދޭ ނަމޫނާ އެއްގޮތަށް، ހދ ފިނޭގެ މަސްޖިދުލް ނަޖާތީ މިސްކިތުގެ ކުޑަދޮރުފަތްތައް އަދި ބޮޑު ދޮރުފަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މިސްކިތުގައި އެ ދޮރުފަތްތައް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، ދޮރުތައް ފޯރުކޮށް ހަރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް، މިކައުންސިލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 19 މޭ 2024 އިން 27 މޭ 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީކުރެވުނީކަމުގައި ބަލާނީ، ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
ރަޖިސްޓްރީކުރުމަށް ފައިސާ ފޮނުވަންވީ އެކައުންޓްގެ ތަފްސީލު:
އެކައުންޓް ނަން : Revenue 1
އެކައުންޓް ނަންބަރު: 7706700422001
ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- ޓްރާންސްފަރ ސްލިޕް
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު
- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.
މި އިއުލާނުގެ ޕްރީބިޑް މީޓިންގް އޮންނާނީ 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ.
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ފޯރުކޮށްދޭ ނަމޫނާ އެއްގޮތަށް، ހދ ފިނޭ މަސްޖިދުލް ނަޖާތީ މިސްކިތުގެ ކުޑަދޮރުފަތްތައް އަދި ބޮޑު ދޮރުފަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މިސްކިތުގައި އެ ދޮރުފަތްތައް ހަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 28 މޭ 2024 ވާ އަންގާރަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 28 މޭ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި ބިޑަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.