ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2024/65
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 23 މޭ 2024 23:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް

ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް

             ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

            ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މެއި 2024 ވަނަ ދުވަހުގެ 13:00 އަށް މިއި ދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 23 މެއި 2024 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދޭނެ ގޮތް

-           އަގަށް : %80 ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

-          ތަޖުރިބާ :  20%

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

-       ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހަޅަން ވާނެއެވެ.

-         އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް

  ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.    

-          އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. 

ހުށަހަޅަންޖެހޭ ތަކެތި

-           ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

-           އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

-           ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

-           ހުށަހެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

-           އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

-          ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ  އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

-          ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 23 މެއި 2024 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ  ބޭރުގައި   އިޢުލާން   ނަންބަރު  އަދި " ކުނި އުކުން "  ލިޔެވިފައި   އޮންނަންވާނެއެވެ.  އަދި  ތިރީގައިވާގޮތަށް  އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ  ހިސާބު ހުޅުވާނީ 23 މެއި 2024 ވަނަ ދުވަހުގެ 13:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރީއެއްގައެވެ. މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް[email protected]  އަށް މެއިލް  ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

16 މޭ 2024