ދިވެހިރާއްޖެ
އިޢުލާން
ލ.ގަމު ތުނޑީ ބަނދަރުގައި އިމާރާތްކޮށްފައިވާ ފެރީޓާމިނަލްގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ލ.ގަމު ތުނޑީ ބަނދަރުމަތީގައި ފެނަކައިން އިމާރާތްކޮށްފައިވާ ފެރީޓާމިނަލް މިކައުންސިލާ ހަވާލުކުރިއިރު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިނުވާތީ އާއި އަދި އިމާރާތުގެ ބައެއްތަންތަން މަރާމާތު ކުރަންޖެހިފައި ވުމުގެ ސަބަބުން އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 39 (IUL)399-F/399/2024/ އިޢުލާނާގުޅިގެން އެކަށީގެންވާވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެވިޔަފާރި ނުވަތަ ކުންފުނިތަކުން 26 މެއި 2024 ގެ 13:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ.
# |
|
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓްރީވުން |
ބީލަމުގައި ރަޖިސްޓުރީވާ ލިންކް https://forms.gle/jSh5mzwMU4fSKg599
|
17 މެއި 2024 އިން 26 މެއި 2024 |
13:00 އަށް |
3 |
ބީލަން ހުޅުވުން |
ލ.ގަމު ކައުންސިލް |
30 މެއި 2024 |
11:00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
16 މެއި 2024